ENGLISH

02 ޖުލައި 2025

Advertisement

ވިލިމާލެ ފެރީ ޓާމިނަލްގައި ހުންނަ ފިހާރައިގެ ޓިނު ނަގައިގެން ވަދެ ވައްކަން ކޮށްފި

13 ޖޫން 2025

|

އަޙުމަދު ޙަމީދު

ވިލިމާލެ ފެރީ ޓާމިނަލް

ވިލިމާލެ ފެރީ ޓާމިނަލްގައި ހުންނަ ފިހާރައިގެ ޓިނު ނަގައިގެން ވަދެ ވައްކަން ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާލޭގައި ހުންނަ އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށެވެ.

ފިހާރައިން ވައްކަން ކުރީ ހުކުރު ވަގުތަށް ބަންދުކޮށްފައި ހުއްޓަ އެވެ. ފިހާރަތެރެއަށް ވަނީ އެ ތަނުގެ ޓިނު ނަގައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފިހާރައަށް ވަދެ ފޯނު އަކާއި ފައިސާ އެ ފިހާރައިން ވަގަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއި ކިހާ ފައިސާއެއް ކަމެއް ނުބުނެ އެވެ.

ފުލުހުން ބުނީ ވައްކަމުގެ މި މައްސަލަ ތަޙުޤީޤު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު