ENGLISH
21 ޖޫން 2026
ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
21 ޖޫން 2026
|
ޑެންގީގެ ކޭސްތައް އިތުރުވުން-- ލިވް ހޮސްޕިޓަލް
އެންމެ މަޤްބޫލު
މަދިރީގެ ޒަރިއްޔާއިންޖެހޭ ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޗަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ވަނީ މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަށާއި އަދި ބަލީގެ އަލާމާތްތައް ގޯސްވާނަމަ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް އިލްތިމާސްކޮށްފައެވެ.
ޑެންގީ ފެތުރެނީ، ޑެންގީ ޖެހިފައިވާ މީހެއްގެ ލޭގައި އީޑީސް މަދިރ ހެފުމަށްފަހު ބަލި ފަތުރާ މަދިރި ގޮސް އެހެން މީހެއްގެ ހަށިގަނޑުގައި ހެފުމުން ދެވަނަ މީހެއްގެ ގަޔަށް ބަލީގެ ވައިރަސް އެރުމުންނެވެ.
އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާދައްކާގޮތުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މެއި މަހު ޑެންގީ ހުމާގުޅޭ 778 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަރިދަފުސް ރޯގާޖެހިގެން 40،457 ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. މިއަހަރުގެ މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު އޭގެތެރެއިން 680 މީހަކުވަނީ އިންފްލުއެންޒާއަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި އެކި ދުވަސްވަރު މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިންޖެހޭ ބަލިތައް އިތުރުވެއެވެ. އެހެންކަމުން މަދިރިއާލާވާ ތަންތަން ނައްތާލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ތަކުރާރުކޮށް އަންނަނީ އިލްތިމާސްކުރަމުންނެވެ.