ENGLISH
21 ޖޫން 2026
ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
21 ޖޫން 2026
|
ދިވެހި ޕާސްޕޯޓް- ފޮޓޯ: އެޑިޝަން އެމްވީ
އެންމެ މަޤްބޫލު
ބ. ދަރަވަންދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ ބ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި އޭދަފުށި އަދި ދަރަވަންދޫ ހިޔާރުކުރެެވޭނެކަމަށެވެ.
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ސިޔާސަތަކެވެ. ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމާއި، ޕާސްޕޯޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކާމިޔާބުކަމާއެކު ނިމިފައިވާއިރު، މި އަމާޒު ހާސިލުކޮށްފައިވަނީ ކަނޑައެޅި މުއްދަތަށްވުރެ ތިން މަސްދުވަސް ކުރިންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ދިވެހިރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ގާއިމުކޮށް ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް، ޕާސްޕޯޓުގެ ހިދުމަތް ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ބ. އަތޮޅު އިމިގްރޭޝަން އޮފީސް އޭދަފުށީގައި ރަސްމީކޮށް ހުޅުވީ މިދިޔަ އޯގަސްޓުމަހުގެ ތެރޭގައެވެ.
މި ހިދުމަތުގެ ސަބަބުން ޕާސްޕޯޓު ހެއްދުމަށް މާލެއަށް ދަތުރުކުރުން ނިމުމަކަށް އައިސް ހިދުމަތް ހޯދަން ފަސޭހަވެފައި އަވަސް ވާނެއެވެ.