ENGLISH

21 ޖޫން 2026

Advertisement

ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުން؛ ތޮށިގަނޑު ޕްރޮފައިލްކުރުމުގެ މަސައްކަތް ކުރިއަށް

21 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ކަމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ބ. ކަމަދޫ ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ތޮށިގަނޑު ޕްރޮފައިލް ކުރުމުުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން މި މަޝްރޫއުގެ އަދާހަމަ ހިއްސާކޮށް އެކްސްގައި ކުރިޮ ޕޯސްޓުގައި ވަނީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާރު ބޮޑުހިލައިން ތޮށިގަނޑެ ހަދަމުންދާކަމަށެވެ.

މި މަޝްރޫއަކީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން 24.46 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން، ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ފަޅު ފުންކުރުމާއި، 844 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖެހުން ހިމެނެއެވެ. އަދި 402 މީޓަރުގައި ކުއޭ ވޯލް ގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާއެކު 552 މީހުންގެ އާބާދީއެއް އޮންނަ ކަމަދޫގެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަވެ ރަށުގެ އިޤްތިޞާދަށް ބަދަލެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު