ENGLISH

21 ޖޫން 2026

Advertisement

ގުރޭޑް 9އާއި 10ގެ ދަރިވަރުން ނިދާ ގަޑިއާމެދު ކަންބޮޑުވުން

21 ޖޫން 2026

|

އައިމިނަތު ޝަފާ

ދ. އެޓޯލް އެޑިޔުކޭޝަން ސެންޓަރުގައި ބޭއްވި ޖަލްސާގައި ޑރ. ޝާފިޔާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ސްކޫލު

ގުރޭޑް 9އާއި 10ގެ ދަރިވަރުން ނިދާގަޑިއާމެދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފްސަރު އަދި އެ ޔުނިވާސިޓީގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. އާމިނަތު ޝާފިޔާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުންކަން ހާމަކޮށްދެއްވައި، "ކާމިޔާބު" އެ ބަހުގައި ގައި އޮތް ހަތަރު އަކުރުގެ ތަފްސީލުކޮށް ދެއްވަމުން، ބުއްދީގެ ބޭނުން ދަރިވަރުން ހިފަމުން ނުދާކަން ޑރ. ޝާފިޔާ ދެއްކެވީ އިސްލާމީ ޔުނިވާސިޓީން ކުރެއްވި ދިރާސާގެ ނަތީޖާއަށް ބިނާކުރައްވައެވެ.

ޝާފިޔާ ވިދާޅުވީ، މާލޭގެ ބައެއް ސްކޫލުތަކާއި މާލެ އަތޮޅުގެ ބައެއް ސަރަހައްދުގެ ސްކޫލްތަކާއި އއ. އަތޮޅާއި ހދ. އަތޮޅުގެ ބައެއް ސަރަހައްދުގެ ސްކޫލުތަކުން އެއްކުރި މައުލޫމާތުތަކުން އެނގުނީ ވަރަށް ހިތާމަވެރި ވާހަކައެއް ކަމަށެވެ.

އެ ދިރާސާގައި ފޯކަސް ގުރޫޕްގެ ގޮތުގައި ގުރޭޑް 9އާއި 10ގެ ކުދިންނާ އިންޓަވިއުކޮށްގެން މައުލޫމާތު އެއްކުރިއެވެ.

"ނިދާގަޑިއަކީ 1:30އާއި 2:30 އާއި 3:30 އާއި 4:00 ޖަހާއިރު. މި ދައްކަނީ ބޮޑެތި މީހުންގެ ވާހަކައެއް ނޫނޭ. މިދައްކަނީ ތި ކުދިންގެ އުމުރުފުރައިގެ ކުދިންގެ ވާހަކަ، ފަހަރުގައި ކަންކަމުގައި ފޯނު ހާވަމުންދާއިރު ވަގުތުދާގޮތެއް ނޭނގެ. ބުއްދީގެ ބޭނުންކުރާ ކުއްޖެއްނަމަ އެކަން ރާވަންޖެހެނީ ތަންޒީމީގޮތަކަށް،". ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ. ޝާފިޔާ ވިދާޅުވިއެވެ.   

ޑރ. ޝާފިޔާ ވިދާޅުވީ، ބުއްދީގެ ބޭނުންކޮށްގެން ވަގުތު ރާވައިގެން ނިދުމުގެ އިންތިޒާމްތައް ބަލަހައްޓާނީ ކިހިނެއްތޯ ކަނޑައަޅާނީ އެކުއްޖަކު ކަމަށެވެ.

އެ ދިރާސާއަކީ ނިދުމުގެ މައްސަލަ ބަލަން ކުރި ދިރާސާއެއް ނޫން ކަމަށާއި އެއީ، ގިނައިން ސްކޫލަށް ކުދިން ނާންނަނީ ކޮން ސަބަބުތަކާ ހުރެތޯ ބަލަން ކުރި ދިރާސާއެއް ކަމަށް ޝާފިޔާ ވިދާޅުވިއެވެ.

"ސަބަބުތައް ބެލިއިރު މި ވާގޮތަކީ، ނިދުން ލަސްވީމާ ހެނދުނުގެ ވަގުތު ކުދިންގެ ބަނޑު ސަކަރާތްވުމާއި، މޫޑު ގޯސްވުމާއި. ބޮލުގައި ރިހުން ފަދަ ކަންތައްތައް ދިމާވަނީ. ނިދި މަދުވުމުގެ ސަބަބުން ކުލާހަށްގޮސް ނިދުމާއި ކުލާހަށް ހާޒިރުވުން މަދުވެ، މުދައްރިސުންދެކެ ހިތްހަމަނުޖެހުމާއި ހޯމްވާކް ހެދުމުގައި ވެސް ދަތިތައް ދިމާވަނީ،". ޑރ. ޝާފިޔާ ވިދާޅުވިއެވެ.

ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދަށް ބިނާކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ، އިންސާނުން ދިމާވާ އެންމެ ބޮޑު ދެ ގޮންޖެހުމަކީ ހުސްވަގުތާއި ސިއްހަތުކަމަށެވެ. ހުސްވަގުތުގެ ބޭނުން ނުހިފޭކަމަށް ވާނަމަ އެމީހަކު ހަލާވެގެން ހިނގައިދާނެ ކަމަށާއި ސިއްހަތާމެދު ސަމާލު ނުވެ ހަށިގަނޑަށް އިހުމާލުވެއްޖެނަމަ އެއީ ﷲ އޭނާއަށް ދެއްވި އަމާނާތަށް ހިޔާނާތްތެރިވެވުނީ ކަމަށާއި އެކަން ކުރެވޭނީ ބުއްދީގެ ބޭނުން ހިފައިގެން ކަމަށް ދަރިވަރުންނަށް ޑރ. ޝާފިއާ ނަސޭހަތްތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު