ENGLISH

21 ޖޫން 2026

Advertisement

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން

21 ޖޫން 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރައްވައިފި.

މި ޚިދުމަތް ތަޢާރަފްކުރައްވާފައިވަނީ 2026 ޖޫން 15 ވަނަ ދުވަހު. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

އުރީދޫ މޯލްޑިވްސް އިން، ބާސެލޯ ނަސަންދުރާގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެ ޚިދުމަތް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

އުރީދޫ ފިންޓެކް މެދުވެރިކޮށް ފޯރުކޮށްދޭ މި ޚިދުމަތް މެދުވެރިކޮށް، އެމް-ފައިސާ އެކައުންޓްތަކާއި ޕޭޕަލް އެކައުންޓްތައް ގުޅުވާލައިގެން ބައިނަލްއަޤުވާމީ އެކި ޚިދުމަތްތަކަށް ފައިސާ ބަލައިގަނެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ރަސްމިއްޔާތުގައި، މި ކާމިޔާބީ ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެއް ފުއްދެވުނުކަން ފާހަގަކުރައްވާފަ.ރަސް

ރަސްމިއްޔާތުގައި ވަޒީރު މުޙައްމަދު ސަޢީދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

އެގޮތުން، އުފެއްދުންތެރި، އީޖާދީ ޒުވާނުންނަށް ބޭރުން ތަކެތި ގަންނާނޭ މަގުތައް ފަހިވެފައިވީނަމަވެސް، އެފަދަ ފަރާތްތަކުގެ އުފެއްދުންތަކާއި ހުނަރު ވިއްކައިގެން އެއަށް ފައިސާ ހޯދުމުގައި ހުރި ދަތިތައް، ޒުވާނުން އޭރު އެމަނިކުފާނާ ހިއްސާކުރިކަން އެމަނިކުފާނު ފާހަގަކުރެއްވި.

ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ޕޭޕަލް ރާއްޖެއަށް ތަޢާރަފުކުރެވުމާއެކު، އެ "މަސްނޫއީ ހުރަސްތަކުގެ ޒަމާން" ނިމުމަކަށް ގެނެވުނީ ކަމުގައި އެމަނިކުފާނު ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

މި ޚިދުމަތަކީ، 2040 ވަނަ އަހަރު އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ، ފުދުންތެރި، އަދި ޖީ.ޑީ.ޕީގެ 15 އިންސައްތަ އަކީ ޑިޖިޓަލް އިޤްތިޞާދުގެ މައްޗަށް ބަރޯސާވާ ޤައުމަކަށް ރާއްޖެ ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރުން އެކުލަވާލާފައިވާ މަގުޗާޓުގެ ތަނަވަސް ބްލޫޕްރިންޓުގައި ހިމެނޭ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ޕޭޕަލްގެ ޚިދުމަތާއެކު، ގެސްޓްހައުސް ހިންގާ ފަރާތްތަކަށްވެސް، ސީދާ ފަތުރުވެރިންގެ ފަރާތުން ފައިސާ ޖަމާކުރެވޭނޭ ފުރުސަތު ފަހިވެގެންދާނޭކަމަށާއި، ޑައިވް ސްކޫލްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ބުކިންގް ހެއްދޭނޭ ފުރުސަތު ފަހިވެގެންދާނޭ ކަމަށާއި، ފަންނުވެރިންނާއި ފްރީލާންސްކޮށް މަސައްކަތްކުރާ ޑިވެލޮޕަރުންގެ އުފެއްދުންތަކާއި ޚިދުމަތްތައް، ޖިއޯގްރަފީއަށް ބެލުމެއްނެތި، މުޅި ދުނިޔެއަށް ވިއްކުމުގެ މަގު ފަހިވެގެންދާނޭކަމަށް ވިދާޅުވެފަ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއީ، މޯލްޑިވްސް 2.0 ތަންފީޒުކުރެވެމުންދިއުން ކަމުގައި ސިފަކުރައްވައި، އެއާއި ގުޅުންހުރި ޚިދުމަތެއް ފޯރުކޮށްދެވުންކަމުގައި ފާހަގަކުރައްވަމުން.

ކިޔުންތެރިންގެ ހިޔާލު