ENGLISH
21 ޖޫން 2026
އިމިގްރޭޝަންގެ އިތުރު އޮޕަރޭޝަނެއް، މިފަހަރު ފަސް މީހަކު ބެލުމުގެ ދަށަށް
21 ޖޫން 2026
|
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން-
އެންމެ މަޤްބޫލު
މޯލްޑިވްސް އިމިގްރޭޝަނުން މާލެއާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 5 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އެ އިދާރާއިން ވަނީ މާލެ އާއި ހުޅުމާލޭގައި މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
އެގޮތުން އެ އޮޕަރޭޝަނުގައި ޖުމްލަ 49 ބިދޭސީއަކު ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅުނު 5 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.
އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.