ENGLISH

02 ޖުލައި 2025

Advertisement

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

13 ޖޫން 2025

|

އަޙުމަދު ޙަމީދު

ފަތުރުވެރިއަކު ރާއްޖޭގައި ފީނަނީ

މާފުށި ކައިރިން ފީނަން ފޭބި ފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑޫމާތިލަ ކައިރިއަށް ގެއްލުނު ފަތުރުވެރިޔާ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން، މިއަދު ހަވީރު 17:17 ހާއިރު ނަގާފައިވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ވަނީ މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސްފަ އެވެ. ނަމަވެސް އޭރު އެ މީހާ ވަނީ މަރުވެފަ އެވެ.

އޭނާ ގެއްލުނުކަން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ މިއަދު ހެނދުނު 10:02 ހާއިރު އެވެ. އޭރުން ފެށިގެން ސިފައިންގެ ޑައިވަރުން އަދި ކޯސްޓްގާޑުން ދިޔައީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މާފުއްޓަކީ ރާއްޖޭގެ ރަށު ފަތުރުވެރިކަމުގައި އެންމެ މަގުބޫލް އަދި އެންމެ ޑިމާންޑް ބޮޑު ރަށެވެ. ފީނާ ޑައިވް ކުރަން އުޅުމުގެ ތެރޭގައި ގެއްލޭ ފަތުރުވެރީންނާއި މަރުވާ ފަތުރުވެރީންގެ އަދަދު އިތުރުވާތީ ކަންބޮޑުވުން އޮވެ އެވެ.

ކިޔުންތެރިންގެ ހިޔާލު