ENGLISH
02 ޖުލައި 2025
މަަސްވެރިކަމުގެ ސިޔާސަތުތަކާއި އުފެއްދުންތަކުގެ ވާހަކަ މިހާރަށް ވުރެ ބޮޑަށް ދައްކަންޖެހޭ: ވަޒީރު
13 ޖޫން 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް (ފޮޓޯ/ މިނިސްޓްރީ)
މަސްވެރިކަމުގެ ކުދި ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ބައިނަލްއަގުވާމީ މައިދާންތަކުގައި މިހާރަށް ވުރެ ބޮޑަށް ދައްކަންޖެހޭ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރާއްޖެއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުން ޚާއްސަކޮށްފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން މެނޭޖް ކުރުމަށް ބާރުއެޅުމުގެ މައުޟޫއުއަށެވެ.
މަސްވެރިކަމުގެ ކުދި ސިނާއަތްތަކުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓާއި، އިނޮވޭޝަންތަކުގެ ވާހަކަ ގިނަގިނައިން ބައިނަލްއަގުވާމީ މައިދާންތަކުގައި ދައްކަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދަޅުވީ އެ ސިނާއަތްތަކުގެ ވާހަކަ އާއްމުކޮށް ދެކެވެނީ ބައިނަލްއަގުވާމީ މިފަދަ މަޝްވަރާތަކުގެ ހަވާސާގައިކަން ފާހަގަކުރައްވާފަ އެވެ. އެ މަސްވެރިން ތިބީ، ވަޒީރު ވިދާޅުވި ގޮތުގައި، ސިޔާސަތުތަކާއި އިންވެސްޓްމަންޓާއި، އިނޮވޭޝަންގެ މާ ފަހަތުގަ އެވެ. އެހެންވެ، އެކަން ބަދަލުވާން ޖެހޭ ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ސެޝަންގައި ސަރުކާރުތަކުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުދި މަސްވެރިކަން (އެސް.އެސް.އެފް) މެނޭޖް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަނީ ދިރާސާކޮށްފަ އެވެ. ކަމާބެހޭ ކޭސް ސްޓަޑީސްތަކާއި ތަޖުރިބާކާރުންގެ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.