ENGLISH
02 ޖުލައި 2025
ފަރުވާގެ ނަމުގައި އެހީ ހޯދަން ކުރާ ޕޯސްޓުތަކަށް ސަމާލުވޭ: ފުލުހުން
13 ޖޫން 2025
|
ފުލުހުންގެ މައި މަރުކަޒު
ބޭސްފަރުވާ ހޯދުމަށްކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ. މިގޮތަށް ފުލުހުން އިލްތިމާސްކޮށްފައިވަނީ މިފަހަކަށް އައިސް މިފަދަ ސައްހަ ނޫން ޕޯސްޓުތައް ސޯޝަލް މީޑިއާގައި އިތުރުވެފައިިވާ ދަނޑިވަޅެއްގަ އެވެ.
އެ ޚިދުމަތުގެ އެންޓި- ސްކޭމް ސެންޓަރުން ވަނީ، ބަލި މީހުންގެ ފޮޓޯއާއެކު ބޭސްފަރުވާ ކުރުމަށް އެހީ އަށް އެދި ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގައި ހުންނަ އެކައުންޓުތަލަށް ފައިސާ ފޮނުވުމުގެ ކުރިން އެއީ ސައްހަ މައުލޫމާތުތަކެއްތޯ ކަށަވަރުކުރުން މުހިއްމުކަން ފާހަގަކޮށްފަ އެވެ. އެގޮތުން:
ސޯޝަލް މީޑިއާ ޕޯސްޓުތައް ބޭނުންކޮށްގެން ސްކޭމްތައް ހިންގާ މައްސަލަތައް ފެންމަތިވަމުންދާއިރު، މިދިޔަ މަހުގެ 18 އިން 30 އާ ދެެމެދު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 44 މައްސަލައެއް ރިޕޯޓުކުރި އެވެ. މި މައްސަލަތަކުގައި 899،348 ރުފިޔާގެ ގެއްލުން ވެސް ވަނީ ލިބިފަ އެވެ.