ENGLISH
02 ޖުލައި 2025
މާފުށި ކައިރިން ފީނަން ފޭބި ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ
13 ޖޫން 2025
|
ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް މަސައްކަތްކުރަނީ، ފޮޓޯ: އެމްއެންޑީއެފް
މާލެ އަތޮޅު މާފުށި ކައިރީ އޮންނަ ކަނޑޫމާ ތިލައަށް ފީނަން ފައިބައި އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގައުމީ ދިފާއީ ބާރުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި ގެއްލިގެން ހޯދަމުންދާ މީހަކީ ޖަޕާނަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނުކަން އެމްއެންޑީއެފްއަށް ރިޕޯޓުކުރީ މިއަދު ހެނދުނު 1002 ހާއިރުކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުން ގެއްލުނު ފަތުރުވެރިޔާއަކީ މާފުށީގައި ހުންނަ ގެސްޓުހައުސެއްގައި ތިބި ފަތުރުވެރިންތަކެއް ގޮވައިގެން ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިންއަށް ފޭބި މީހެކެވެ.
އިތުރަށް އެ އިދާރާއިން ބުނީ އޭނާ ގެއްލުނުއިރު އަޅައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ގިއަރަކާއި، ހުދު ކުލައިގެ މާސްކެއް ކަމަަށެވެ.
ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި ކޯސްޓުގާޑުގެ ސެކަންޑް ސްކޮޑްރޮންއިން ޑައިވަރުންނާއެކު މަސައްކަތްކުރަމުން އަންނަކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.