ENGLISH
02 ޖުލައި 2025
ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް، ސަމާލުވާން އެދިއްޖެ
13 ޖޫން 2025
|
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަޤްސަދުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ނަމުގައި ދިވެހި އާންމު ރައްޔިތުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޙައްޖު ކޯޕަރޭޝަނުން އެއްވެސް މީހަކަށް ލިންކު ފޮނުވައިގެން ފައިސާ ދައްކަން މެސެޖު ނުކުރާނެ ކަމަށް ވެސް ބުންޏެވެ. އަދި އެ ކޯޕަރޭޝަނުން އެއްވެސް މީހަކަށް ގުޅައި ނުވަތަ މެސެޖުކޮށް އެއްވެސް އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާން ނާންގާނެ ކަމަށެވެ.
އެ ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ އެ ކޯޕަރޭޝަންގެ ނަމުގައި ހެދިފައި ހުރި ރަސްމީ ބޭންކު އެކައުންޓްތަކަށް ކަމަށް ވެސް ބުންޏެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ އޮޅުވާލައިގެން މިފަދަ ގޮތްގޮތަށް ފައިސާ ހޯދަން ކުރާ މެސެޖުތަކާއި ފޮނުވާ ލިންކުތަކަށް ސަމާލުވެ އެފަދަ ލިންކުތަކަށް ނުފިތުމަށް އެދޭ ކަމަށާ އެފަދަ މެސެޖެއް އަދި ކޯލެއް ލިބިއްޖެނަމަ ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.
އެކި ކުންފުނިތަކާއި ވިޔަފާރިތަކުގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ އަމަލުތައް ހިންގުން ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެފަދަ އޮޅުވާލުންތަކުގައި ޖެހި މީހުންނަށް ވަރަށް ބޮޑެތި ގެއްލުންވެފައިވެ އެވެ.