ENGLISH

02 ޖުލައި 2025

Advertisement

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ ހަދާ މީހާގެ ފޯނު ހިފަހައްޓާ މައްސަލަ ބަލަނީ

12 ޖޫން 2025

|

އަޙުމަދު ޙަމީދު

ފުލުހުންގެ މައި މަރުކަޒު، ފޮޓޯ: އެޑިޝަން

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އަންހެނެއްގެ ސިފަ ޖެހިގެން ވީޑިއޯ ހަދާ މީހާގެ ފޯނު ހިފަހައްޓާ މައްސަލަ ބަލަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ޔާޔާ ނަބީލުގެ ނަމުގައި ޓިކްޓޮކް އެކައުންޓެއް ހަދައިގެން ދިވެހި ފިރިހެނަކު ދަނީ އަންހެން ހެދުން އަޅައި އަންހެނެއްގެ ސިފަ ޖެހިގެން ވީޑިއޯ ހަދާ ލައިވްތައް ވެސް ކުރަމުންނެވެ. އެއީ ކުރީން ވެސް އެކަން ކޮށްގެން ހައްޔަރުކޮށް ޖަލުގައި ބަންދުކުރި މީހެކެވެ.

އެ މީހާ އަނެއްކާ ވެސް ގެންދަނީ ޓިކްޓޮކް ގައި އަންހެން ހެދުން އަޅައިގެން ވީޑިއޯތައް ހަދަމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ކޯޓް އަމުރެއްގެ ދަށުން އެ މީހާ ދިރިއުޅޭގެ ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެއިން ލެޕްޓޮޕަކާއި ފޯނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު