ENGLISH

02 ޖުލައި 2025

Advertisement

މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަނީ

12 ޖޫން 2025

|

އަޙުމަދު ޙަމީދު

މަޖީދީމަގު -- ފައިލް ފޮޓޯ

މާލެ ސިޓީގެ މައި މަގު -- މަޖީދީމަގުގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވ ކުރަން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މަޖީދީ މަގުގައި ޢާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތަށް ޕާކް ކޮށްފައިވާ އުޅަނދު ދުއްވި ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އަދި މިގޮތަށް ޓޯވ ކުރެވޭ އުޅަނދުތައް ދޫކުރެވޭނީ 48 ގަޑިއިރު ފަހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އަދި މާލޭގެ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުން ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މަޖީދީމަގަކީ އެންމެ ބާރުބޮޑު މަގަށްވާއިރު މަގުގެ ދެ ފަރާތުގައި ވެހިކަލްތައް ޕާކު ކުރުމަކީ އެކަމުން އެތައް ބަޔަކަށް ދަތި އުނދަގޫ ކުރިމަތިވާ ކަމެކެވެ. މަޖީދީމަގުގެ ބައެއް ސަރަޙައްދުތަކުގައި ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކުކޮށްފައި ބެހެއްޓުމަކީ އާންމު ކަމެކެވެ. އަދި މަޖީދީމަގުގެ އެކި ހިސާބުތަކުގައި ވަރަށް ގިނައިން ސައިކަލު ޕާކުކޮށްފައި ބަހައްޓަ އެވެ.

ކިޔުންތެރިންގެ ހިޔާލު