ENGLISH
02 ޖުލައި 2025
ޖޭއެސްސީގެ އާންމު މެންބަރު ކަމަށް ހުޅުވާލައިފި
12 ޖޫން 2025
|
ޖޭއެސްސީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން އައްޔަނުކުރާ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެންބަރުގެ މަޤާމަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އެ މަޤާމަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކަކީ މުސްލިމެއް ކަމުގައި ވުމާއި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 30 އަހަރު ވެފައިވުމުގެ އިތުރުން އިސްލާމްދީނުގެ އެއްވެސް ހައްދެއް ކަނޑައަޅާފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމެވެ.
އަދި ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެެއްގެ މެންބަރެއް ކަމުގައި ނުވަތަ، ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައި ވުމެވެ.
މި މަޤާމަށް ކުރިމަތިލާން އެދޭ މީހުން ދަރަންޏާއި ކުށުގެ ރިކޯޑު ފޯމާއި، އައިޑީކާޑުގެ ކޮޕީއާއި، ތައުލީމީ ސެޓްފިކެޓްތައް ހުށައެޅުމަށް ވަނީ އެދިފަ އެވެ.
އެގޮތުން ޖުލައި ތިންވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.