ENGLISH
12 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ފިލިޕީންސްގެ ރައީސަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
12 ޖޫން 2025
|
ފިލިޕީސްގެ ރައީސް ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރިބަޕްލިކް އޮފް ފިލިޕީންސްގެ ރައީސް، ހިޒް އެކްސަލަންސީ ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒްއަށް، އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ފިލިޕީންސްގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ، އެ މަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރިކަމާއެކު ފޮނުއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަހުނިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ފިލިޕީންސްގެ ރައީސް މަރްކޯޒްއަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަން އެދިވަޑައިގެން، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވަމުންނެވެ.