ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ހަ ޤައުމަކުން ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރުން، ރައީސަށް މަޤާމުގެ ފަތްކޮޅު އަރުވައިފި

12 ޖޫން 2025

|

ޢަލީ ޝަހީމް

ފަލަސްތީނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު. --ފޮޓޯ: ރައީސް އޮފީސް

ހަ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެސިޑެންޓް ސަފީރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަޤާމުގެ ފަތްކޮޅު މިއަދު އަރުވައިފިއެވެ. 

ނޮން-ރެސިޑެންޓް ސަފީރުން ކަނޑައަޅުއްވައި ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އެރުވީ، ފަލަސްތީނުގެ އިތުރުން، ޔޫގާންޑާ، ގްރީސް، ޑެންމާކް، ޒިމްބާބްވޭ އަދި އުޒްބަކިސްތާނުންނެވެ. 

މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލުޖުމްހޫރިއްޔާގެ އޮފީހުގައެވެ. ޤައުމުތަކުގެ ނޮން-ރެސިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި، މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

އައު ނޮން-ރެސިޑެންޓް ސަފީރުން މަޤާމުގެ ފަތްކޮޅު އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަހުނިޔާ ވިދާޅުވެ މަރުޙަބާ ދަންނަވައިފައެވެ. 

  • ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އިހާބް އިބްރާހީމް މުޙައްމަދު ޚަލީލް. 
  • ޑެންމާކު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ރަސްމުސް އެބިގޯޑް ކްރިސްޓެންސެން. 
  • އުޒްބެކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ސަރްދޯ ރުސްތަމްބޭވް. 
  • ގްރީސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޓް ސަފީރު، ހާ އެކްސަލަންސީ އަލީކީ ކޫތުސޮމިޓޮޕޫލޫ. 
  • ޔޫގާންޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޑް ސަފީރު، ހަރ އެކްސަލަންސީ ޕްރޮފެސަރ ޖޮއިސް ކަކުރާމަޓްސީ ކިކާފުންޑާ.
  • ޒިމްބާބްވޭ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވީ ނޮން-ރެސިޑެންޑް ސަފީރު، ހާ އެކްސަލަންސީ ސްޓެލާ އެންކޯމޯ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމުތަކުން ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ޤައުމުތަކާއި ރާއްޖެއާ އޮތް ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި، ވަކިވަކި ޤައުމުތަކާއެކު ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު