ENGLISH
02 ޖުލައި 2025
ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
12 ޖޫން 2025
|
މާލެ ސިޓީ
ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިއަދު ހެނދުނު މާލޭ މައްޗަންގޮޅި ގެއެއްގައި ހާލު ދެރަވެފައި އޮއްވާ ފެނުނި މީހަކު އައިޖީއެމްއެޗަށް ފަރުވާ ދިނުމަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަަމަށް މައުލޫމާތު ލިބިފައިވާ ކަމަަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަަލަމުންދާ ކަމަށް ވެސް ބުންޏެވެ.