ENGLISH
02 ޖުލައި 2025
އެއާ އަރެބިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ ކުރަން ނިންމައިފި
12 ޖޫން 2025
|
މެދު އިރުމައްޗާއި އުތުރު އެފްރިކާ ސަރަޙައްދުގެ އެންމެ ބޮޑު ބަޖެޓު އެއާލައިންކަމަށްވާ އެއާ އަރެބިއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް ދެގުނަ ކުރަން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން، އަންނަ އޮކްޓޫބަރު 27 އިން ފެށިގެން ޝާރްޖާއާއި މާލެއާ ދެމެދު ދުވާލަކު ދެ ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން އިޢުލާނުކޮށްފައިވެއެވެ.
އެއާ އަރެބިއާއިން ޝާރްޖާއާއި މާލެއާ ދެމެދު ދަތުރުތައް ފަށާފައިވަނީ މީގެ ހަތް މަހެއްހާ ދުވަސް ކުރިން، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 27 ގައެވެ.
އޭރުއްސުރެ މިހާތަނަށް ދުވާލަކު އެއް ދަތުރު ކުރަމުން އައި ނަމަވެސް، އަންނަ އޮކްޓޫބަރު މަހުން ފެށިގެން މި އަދަދު ދެގުނަ ކުރުމަށް ވަނީ ނިންމާފައެވެ.
އެއާ އަރެބިއާއިން މި ދަތުރުތައް ކުރަމުންދަނީ އޭ320 އާއި އޭ321 މަރުކާގެ ބޯޓުތަކުގައެވެ. މި އެއާލައިނުން މިހާރު 80 އަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުތައް ކުރަމުންދެއެވެ.