ENGLISH

02 ޖުލައި 2025

Advertisement

ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ހިމާޔަތްކުރަން ގޮވާލައްވައިފި

12 ޖޫން 2025

|

އުމްނާ އިސްމާޢީލް

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ތާރިޤް އިބްރާހީމް (ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ)

ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ހިމާޔަތްކުރުމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ތާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ.

ވަޒީރު މިކަމަށް ވަކާލާތުކުރެއްވީ، ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަން ތައާރަފުކުރުމަށް ބޭއްވި ސައިޑް އިވެންޓެއްގައި ވާހަކަދައްކަވަމުންނެވެ.

ކަނޑުގެ ދިރުންތަކުގެ ތެރެއިން މޫދު މިޔަރާއި މަޑީގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ، އެ ދިރުންތައް ރައްކާތެރިކުރުމަށް ރާއްޖެއިން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ދިރުންތައް ހިފުން މަނާކުރުމާއި، އެ ދިރުންތައް އުޅޭ ސަރަހައްދުތައް ހިމާޔަތްކުރުން ހިމެނެއެވެ.

ތޯރިގް ވިދާޅުވި ގޮތުގައި މިޔަރާއި މަޑި ރައްކާތެރިކުރުމަކީ ކަނޑުގެ ދިރުންތަކުގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ މިޔަރާއި މަޑި ސަލާމަތްކުރުމަށް އެކުލަވާލެވުނު ގްލޯބަލް ކޯލިޝަންގައި ރާއްޖެ ބައިވެރިވެ، މި މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު