ENGLISH

02 ޖުލައި 2025

Advertisement

ތުލުސްދޫގައި 30 އެނދުގެ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

12 ޖޫން 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކ. އަތޮޅު ތުލުސްދޫގައި ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ މަޝްރޫޢުގެ އަގަކީ 101.71 މިލިއަން ރުފިޔާއެވެ. 

މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލް އިމާރާތުގެ އިތުރުން ހެލްތު ސެންޓަރު ބްލޮކަކާއި، ސަރވިސް ބްލޮކެއް އަދި އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ހޮސްޕިޓަލުގައި ޑޮކްޓަރުންނަށް ބަލި މީހުން ދެއްކޭނެ ކޮޓަރިތަކާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތަކުގެ އިތުރުން ލެބޯޓަރީއަކާއި، އޮޕަރޭޝަން ތިއޭޓަރަކާއި، ވިއްސާ ކޮޓަރިއަކާއި، އެކްސްރޭ ކޮޓަރިއަކާއި، އަލްޓްރާ ސައުންޑް ކޮޓަރީގެ އިތުރުން އިމަރޖެންސީ ޔުނިޓަކާއި އަދި ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމުކުރާނެއެވެ. 

އާބާދީގައި 1600 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ތުލުސްދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުން ގެންދަނީ 24 ގަޑިއިރު ހިދުމަތްދޭ ޞިއްޙީ މަރުކަޒަކުންނެވެ.

އާ ހޮސްޕިޓަލާއެކު ރަށުގެ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، އައު ޚިދުމަތްތައް ތަޢާރަފްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު