ENGLISH
02 ޖުލައި 2025
އިންޓަޕޯލުން ހިންގި އޮޕަރޭޝަނުގައި ދިވެހި ފުލުހުން، މުހިއްމު ތަޙްޤީގުތަކެއް ހިންގި
12 ޖޫން 2025
|
އިންޓަޕޯލުން ހިންގި އޮޕަރޭޝަން. ފޮޓޯ: ޕޮލިސް
އިންޓަރޕޯލް އިން އިސްނަގައިގެން ހިންގި "އޮޕަރޭޝަން ސެކިއުރ" ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބައިވެރިވެ، މުހިއްމު މަަސައްކަތްތަކެއް ކޮށްފިއެވެ.
އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ޖަނަވަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެ އޮޕަރޭޝަނުގައި ކުރި މަސައްކަތްތަކާއި ބައެއް މައްސަލަތަކާއި ގުޅުންހުރި އަދާހަމަ ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.
އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ އިންފްރާސްޓްރަކްޗަރ ނައްތާލުމެވެ. އޮޕަރޭޝަނުގައި ގިނަ ޤައުމުތަކަކުން އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އޮޕަރޭޝަން ހިންގާފައިވަނީ އިންޓަރޕޯލްގެ އޭޝިއާ އެންޑް ސައުތު ޕެސިފިކް ޖޮއިންޓް އޮޕަރޭޝަންސް އަގެއިންސްޓް ސައިބަރކްރައިމް (އޭއެސްޕީޖޭއޯސީ) މެދުވެރިކޮށެވެ.
މި އޮޕަރޭޝަނުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރިޕޯޓުތައް އެކުލަވާލައި، ކަމާގުޅޭ ހޯދުންތައް އޮޕަރޭޝަންގެ އެހެނިހެން ބައިވެރިންނާ ހިއްސާކުރުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާ ގުޅުންހުރި ނުރައްކާތެރި ހަރަކާތްތައް ދެނެގަތުމަށްޓަކައި ބޭނުންވާ މައުލޫމާތު ހޯދާފައިވެއެވެ.
ފުލުހުން ބުނީ އޮޕަރޭޝަނުގައ ރާއްޖެއާ ގުޅުންހުރި މަޢުލޫމާތުތައް އެއްކޮށް ސައިބަރ ކްރައިމް ސެންޓަރުން ތަޙްޤީގުތައް ކުރި ކަމަށެވެ. އަދި، އިންޓަރޕޯލްގެ އިތުރުން އެހެނިހެން އިދާރާތަކާއެކު ގުޅިގެން މަސައްކަތްކޮށް، އިންޓެލިޖެންސް މަޢުލޫމާތުތައް އެއްކޮށް ދިރާސާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުން ބުނީ އޮޕަރޭޝަނުގައި ބައިވެރިވުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސައިބަރ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ އަހައްމިއްޔަތުގެ ހެއްކެއް ކަމަށެވެ. އެފަދަ އޮޕަރޭޝަންތައް ކޮންމެހެން ބޭނުންވާ ކަމަށާއި، ރާއްޖޭގެ ޑިޖިޓަލް ވެށީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ސައިބަރ ކްރައިމް ސެންޓަރުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ސައިބަރ ކްރައިމް ސެންޓަރުން ބުނެފައިވެއެވެ.