ENGLISH

02 ޖުލައި 2025

Advertisement

ތަރިކައިގެ ދާއިރާއިން އެއްބާރުލުންދިނުމާމެދު ޝާރިޤާގެ އިންސްޓިޓޫޓް ފޯ ހެރިޓޭޖާއެކު މަޝްވަރާކޮށްފި

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ޝާރިޤާގެ އިންސްޓިޓޫޓް ފޯ ހެރިޓޭޖްގެ ރައީސް ޑރ.ޢަބްދުލްޢަޒީޒް އަލްމުސްލިމްއާއި ސަފީރު ޙުސައިން މުޙައްމަދު ޝަރީފު، ފޮޓޯ: އަލްޚަލީޖު

އެކުވެރި ޢަރަބި އިމާރާތުގެ ޝާރިޤާގެ އިންސްޓިޓޫޓް ފޯ ހެރިޓޭޖާއި ރާއްޖެއާ ދެމެދު ތަރިކައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފު މަޝްވަރާކުރައްވައިފިއެވެ. 

މުޙައްމަދު ޙުސައިން ޝަރީފު (މުންދު) މި މަޝްވަރާތައްކުރެއްވީ އެ އިންސްޓިޓޫޓްގެ އޮފީހަށް ކުރެއްވި ޒިޔާރަތެއްގައި އެ އިންސްޓިޓޫޓުގެ ރައީސް ޢަބްދުލްޢަޒީޒް އަލްމުސްލިމްއާ ބައްދަލުކުރައްވައެވެ. 

އެ ބައްދަލުވުމާ ގުޅޭ ގޮތުން އަލްޚަލީޖު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޑރ.އަލްމުސްލިމް ވިދާޅުވި ގޮތުގައި މި ބައްދަލުވުމަކީ މާނަވީ ތަރިކަ ހިމާޔަތްކުރުމާއި ކުރިއެރުވުމުގެ ދާއިރާއިން ރާއްޖެއާއެކު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ކުރެވޭނެ މަސައްކަަތްތަކާމެދު މަޝްވަރާކުރެއްވުމަށް ލިބިވަޑައިގަތް އަގުހުރި ފުރުސަތެކެވެ. 

ޑރ.އަލްމުސްލިމު އިތުރަށް ވިދާޅުވީ ތުންތުން މަތިން ވާރިދުވަމުން އައިސްފައިވާ ވާހަކަތަކާއި ފޯކްލޯ ރައްކާތެރިކޮށް ރެކޯޑުކުރުމާމެދު މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ. ވާހަކަ ކިޔައިދޭ ފަރާތްތަކަށް ހާއްސަކޮށް ބާއްވާ އެއްވުމުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އެ އެއްވުމުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަދި އަލްޚަލީޖު ނޫހާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ޝާރިޤާގެ އިންސްޓިޓޫޓް އޮފް ހެރިޓޭޖްއިން ދިން ދައުވަތު ވަރަށް ބޮޑަށް އަގުކުރައްވާ ކަމަށެވެ. އަދި އެކި ގައުމުތަކުގެ މީހުންގެ މެދުގައި ސަގާފީ ގުޅުން ބަދަހިކުރެއްވުމަށް ޑރ.އަލްމުސްލިމު ކުރައްވާ މަސައްކަތް ފާހަގަަކުރެއްވުމާއެކު ސަފީރުވަނީ މަޢުހަދުގެ އެއްވުމުގައި މެހުމާނަކަށްވުމުގެ ފުރުސަތު ލިބުމަކީ ރާއްޖޭގެ ތަރިކައާއި ސަގާފަތް އަރަބި އަދި އާލަމީ އޯޑިއަންސަކަށް ވާސިލުކޮށްދިނުމަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށެވެ. 

އަދި ރާއްޖޭގެ ތަރިކައިގެ ތެރޭގައި ކަނޑުތަކާއި ޖަޒީރާ ރަށްތަކުން އިލްހާމުވެގެން އުފަންވެފައިވާ ވާހަކަތަކާއި ފޯކުލޯތައް ގިނަ އަދަދަކަށް އެބަހުރިކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވުން ވެގެންދާނީ ސަގާފީ ތަރިކައަށް އިތުރު މުއްސަނދިކަން ގެނުވައި، ސަގާފަތްތަކާމެދު ކުރިއަށްދާ ވާހަކަތަކަށް ބާރުވެރިކަން ލިބޭނެ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު