ENGLISH

02 ޖުލައި 2025

Advertisement

ޕޮލިސް ކޮމިޝަނަރު ނަވީން އާއި ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި

11 ޖޫން 2025

|

ޢަލީ ޝަހީމް

ސިފައިންގެ މައި މަރުކަޒުގައި ނަވީން އާއި ޙިލްމީ ބައްދަލުކުރައްވަނީ. ފޮޓޯ: ޕޮލިސް

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިއްޔެ އައްޔަނުކުރެއްްވި އިސްމާޢީލް ނަވީން އާއި ޗީފް ޑިފެންސް ފޯސް، މޭޖަރ އިބްރާހީމް ޙިލްމީ މިއަދު ބައްދަލުކުރައްވައިފިއެވެ. 

ދެބޭފުޅުން ބައްދަލުކުރެއްވީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒުގައެވެ. 

ބައްދަލުކުރެއްވުމުގައި ދެ އިދާރާއިން ކުރާ މަސައްކަތްތަކާއި ގުޅޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންގެންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ކުރަންޖެހޭ މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި، ރާއްޖޭގެ އަމާންކަން ދަމަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ކުރަންހުރި ކަންކަމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. 

މިއަދުގެ ބައްދަލުކުރެއްވުމަކީ މަޤާމާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ނަވީން، ޗީފް އޮފް ޑިފެންސް ފޯސްއާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޤައުމުގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކުރަން ހުރި މަސައްކަތްތައް ހިމެނެއެވެ. 

އާ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ނަވީން އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޢަލީ ޝުޖާޢު އެޕްެރީލް 25 ވަނަ ދުވަހު އިސްތިޢުފާ ދެއްވުމުންނެވެ. ޝުޖާޢު އިސްތިޢުފާ ދެއްވުމުން ޕޮލިސް ސާވިސް ވަގުތީ ގޮތުން ހިންގެވީ ވެސް ނަވީން އެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޚިދުމަތާއި ގުޅިވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ. ނަވީން ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕަރޭޓް ސަރވިސް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ޕީޕަލް ޑިރެކްޓަރޭޓްގެ ވެރިޔާގެ މަޤާމާއި، ސެންޓްރަލް ޕޮލީސިންގ ކޮމާންޑްގެ ވެރިޔާގެ މަޤާމާއި، ފޮރެންސިކް ސަރވިސަސް ޑިރެކްޓަރޭޓް މަޤާމު ފުރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު