ENGLISH

02 ޖުލައި 2025

Advertisement

ޝައިޚު ފަރީދުގެ ޖަނާޒާ: ޚިދުމަތް ޖަމިއްޔާގެ ޝުކުރު ރައީސް މުޢިއްޒަށް

11 ޖޫން 2025

|

އަޙުމަދު ޙަމީދު

ޝައިޚް އިބްރާހީމް ފަރީދު --

ޝައިޚް އިބްރާހީމް ފަރީދުގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވުމުގައި ވެދެއްވި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒަށް ޚިދުމަތް ޖަމިއްޔާ އިން ޝުކުރު އަދާކޮށްފި އެެވެ.

ޝައިޚު ފަރީދު ނިޔާވީ ޚިދުމަތް ޖަމިއްޔާގެ ފަރާތުން މެލޭޝިޔާގައި އޮތް ބައްދަލްވުމަކަށް ވަޑައިގެންނެވި ތަނާ އެއާޕޯޓްގައި ހުންނަވަނިކޮށެވެ. އެ ޖަމިއްޔާ އަކީ ޝެއިޚު ފަރީދުގެ ވަރަށް ބޮޑު ދައުރެއް އޮވެގެން ހިންގަމުން ދިޔަ ޖަމިއްޔާ އެކެވެ.

ފަރީދުގެ ޖަނާޒާ ބޭއްވުމަށް ފަހު މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލާފަ އެވެ.

ޝެއިޚްގެ ޖަނާޒާއަށް ފަހު ޚިދުމަތް ޖަމިއްޔާ އިން ކުރި ޕޯސްޓެއްގައި ވަނީ ޝައިޚު ފަރީދުގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމުގައި އެހީތެރިކަން ވެދިން ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފަ އެވެ.

"ޚާއްސަކޮށް މިކަމުގައި ވަރަށް ބޮޑަށް އެހީތެރިވެދެއްވި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒުއަށާއި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދުއަށް ޚާއްސަ ޝުކުރެއް ދަންނަވަމެވެ." ޚިދުމަތުގެ ޕޯސްޓްގައިވެ އެވެ.

ފަރީދުގެ ޖަނާޒާގެ ކަންކަމުގައި މެލޭޝިޔާ އެމްބަސީން ވަނީ ބޮޑު އެހީތެރިކަމެއް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު