ENGLISH

02 ޖުލައި 2025

Advertisement

ރަޝީދު އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ސުކޫތެއް

11 ޖޫން 2025

|

އުމްނާ އިސްމާޢީލް

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރުކަން ކުރެއްވި، އަހުމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފި އެެވެ.

ރަޝީދު އަވަހާރަވީ، އެނގިފައިވާ ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިއްޔެގެ ވަގުތެއްގަ އެވެ. އެމަރުޙޫމްގެ އާއިލާއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި މެންބަރުންގެ ނަންފުޅުގައި ވަނީ އިއްޔެ ތައުޒިޔާ ވެސް ދަންނަވާފަ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ރަޝީދުގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފަ އެވެ.

އަހުމަދު ރަޝީދު މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގަ އެވެ. އޭނާ ވަނީ މަޖިލީހުގެ އެ ދައުރުގައި ހަތަރު ކޮމިޓީއެއްގައި މަސައްކަތް ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު