ENGLISH

02 ޖުލައި 2025

Advertisement

ހައްޖުވެރިންނަށް މަރުހަަބާ ކިޔުމަށް ވީހާވެސް މަދު ބަޔަކު ދާން އެޗްޕީއޭއިން އެދިއްޖެ

11 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ވެލާނާ އިންޓަނޭޝަނަލްް އެއާޕޯޓުގައި ހައްޖުވެރިން ހަރަކާތްތެރިވަނީ، ފޮޓޯ: ހަތާވީސް

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދިވެހިން އަނބުރާ އަންނަން ފަށާއިރު، އެމީހުންނަށް މަރުހަބާ ކިޔުމަށް ވީހާވެސް މަދު ބަޔަކު އެއާޕޯޓަށް ދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެދިއްޖެއެވެ. 

މިއަހަރު 1،000 އަށްވުރެ ގިނަ މީހުން ހައްޖަށް ގޮސްފައިވާއިރު ހައްޖުވެރިން ރާއްޖެއަށް އެނބުރި އަންނަން ފަށާނީ އަންނަ ހުކުރު ދުވަހުއެވެ. ކުރީގެ ތަޖުރިބާއަށް ބަލައި، ރޭ ޕީއެސްއެމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ބުނެފައިވަނީ ހައްޖުވެރިން އަނބުރާ އަންނަ ދުވަސްވަރު ރޯގާ ފަދަ ބަލިތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަަށެވެ. 

ކޮންމެ އަހަރަކުވެސް ހައްޖު މޫސުން ނިމި ހައްޖުވެރިން އަނބުރާ ރާއްޖެއަށް އަންނަ ދުވަސްވަރު ރޯގާ ފަދަ ބައެއް ބަލިތައް ވަރަށް ބޮޑަށް އާއްމުވެއެެވެ. 

އެޗްޕީއޭއިން ވަނީ ހައްޖުވެރިން އަނބުރާ އައުމަށްފަހު ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން ހައްޖުވެރިން އަންނައިރު ރޯގާގެ އަލާމާތް ހުރިނަމަ މާސްކް އެޅުމަށާއި، ރާއްޖެއަށް އަންނަތާ 14 ދުވަހުގެ ތެރޭ ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. 

އަދި ހައްޖުވެރިން އަނބުރާ އައުމަށްފަހު ދެ ހަފުތާ ވަންދެން އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ބައިވެރިކޮށްގެން އެއްވުންތައް ނުބޭއްވުމަށް އެ އިދާރާއިން އިލްތިމާސްކުރިއެވެ. 

އަދި ރޯގާ ހުރިނަމަ މީހުންގެ ތެރެއަށް ނުނިކުތުމަށާއި ކުޑަކުދިންގެ ކިބައިން ރޯގާގެ އަލާމާތްތައް ފެންނަނަމަ ސުކޫލަށް ނުފޮނުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު