ENGLISH

02 ޖުލައި 2025

Advertisement

ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އަޒީމާ އައްޔަނުކުރަން ރުހުންދީފި

11 ޖޫން 2025

|

އުމްނާ އިސްމާޢީލް

އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ (ފޮޓޯ/ ރައީސް އޮފީސް)

ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އަޒީމާ ހަމަޖެއްސުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހުގައި އިއުލާނުކޮށް ކޮމިޓީއަށް ފޮނުވީ މި މަހުގެ 2 ގަ އެވެ. އެ މައްސަލަ ދިރާސާކުރީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި 59 ވޯޓާ އެކު އަޒީމާއަށް ރުހުން ދިނުމަށް ވަނީ ނިންމާފަ އެވެ.

ނޭޕާލްގެ ނޮން ރެޒިޑެންޓް ސަފީރަކަށް އައްޔަނުކުރުމަށް ރުހުން ލިބިވަޑައިގެންނެވި އަޒީމާއަކީ ޚާރިޖިއްޔާގެ އެކި މަގާމުތަކުގައި ގިނަ އަހަރުތަކެއް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު ފުރުއްވުމުގެ އިތުރުން ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު