ENGLISH

02 ޖުލައި 2025

Advertisement

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަނުކުރަން މަޖިލީހުން ރުހުންދީފި

11 ޖޫން 2025

|

އުމްނާ އިސްމާޢީލް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހުރިއްޔާ ނަން ފޮނުއްވި ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުންގެ  މަޖިލީހުން ނިންމައިފި އެވެ.

 ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި މައްސަލަ ކޮމިޓީއަށް ފޮނުވީ މި މަހުގެ 2 ގަ އެވެ. މި މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން ނިންމީ އެ ދެބޭފުޅުންނަކީ ވެސް މަގާމަށް ޝަރުތުހަމަވާ ދެ ބޭފުޅުން ކަމަށެވެ. އެހެންވެ އެ ބޭފުޅުންނަށް ރުހުން ދިނުމަށް އޭގެ ދެ ދުވަސް ފަހުން ކޮމިޓީން ނިންމި އެވެ.

ޖަލްސާގައި ވޯޓަށް އަހާފައިވަނީ ދެ ބޭފުޅުންނަށް ވަކިވަކިން ނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް  އަބްދﷲ ހަމީދަށް ރުހުން ދެއްވީީ 60 މެމްބަރުންގެ ވޯޓުން ނެވެ. ސަލީމް އައްޔަނުކުރަން މަޖިލީހުން ރުހުން ދީފައިވަނީ 61 މެމްބަރުންގެ ވޯޓާ އެކު އެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު