ENGLISH
26 ނޮވެމްބަރު 2024
އަންނަ ޖެނުއަރީ މަހު މޯލްޑިވިއަނުން ވައިޑް- ބޮޑީ ގެންނަނީ
18 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު، ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ ޖެނުއަރީގައި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އޭގެ އުދުހުންތައް ފަށާނެކަމަށެވެ.
ވައިޑް-ބޮޑީ އެއާކްރާފްޓްތަކަކީ އެއްފަހަރާ 275 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ، ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭ އެއާކްރާފްޓްތަކެކެވެ.
އެކަން ފުޅާކުރަމުން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ސީދާ ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މިވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 15 ބޯޓު އޮތް އިރު އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
މޯލްޑިވިއަން އިން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 17 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.