ENGLISH
25 ނޮވެމްބަރު 2024
ސްޓެލްކޯ މިއަހަރު 120 މިލިއަން ރުފިޔާ ފައިދާވާނެ: ފަހުމީ
18 ނޮވެމްބަރު 2024
|
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެ ކުންފުނީގެ އިންޖީނެެއް ބައްލަވާލައްވަނީ. ފޮޓޯ: ސްޓެލްކޯ
އެންމެ މަޤްބޫލު
މިއަހަރު ނިމޭއިރު ސްޓެލްކޯއަށް ސާފު ފައިދާގެ ގޮތުގައި 120 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ މިދިޔަ އަހަރަކީ ސްޓެލްކޯއަށް ގެއްލުމުގައި ހިންގި އަހަރެއް ކަމަށެވެ. ނަމަވެސް މި އަހަރު ނިމިގެންދާނީ ފައިދާއާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"2023 ވަނަ އަހަރަކީ އަޅުގަނޑުމެންނަށް 20 މިލިޔަން ރުފިޔާގެ ގެއްލުން ލިބުނު އަހަރެއް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ 2024 ވަނަ އަހަރު ނިމިގެންދާނީ 120 މިލިޔަން ރުފިޔާގެ ފައިދާއަކާއެއްކޮށް. އަޅުގަނޑުމެންގެ ނަތީޖާ ވަރަށް ވެސް ރަނގަޅު،"
ފަހުމީ ވިދާޅުވި އެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ސްމާޓް މީޓަރު ފޯރުކޮށްދޭނެ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.