ENGLISH
05 ޖުލައި 2025
އައިކޮމް ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން މަަސައްކަތްތައް އޮންލައިން ކޮށްފި
19 މޭ 2025
|
އައިކޮމް އޮފީސް
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހިންގާ އިމާރާތުގެ ހާލަތު ހުރި ގޮތުން މަަސައްކަތްތައް އޮންލައިން ކޮށްފި އެވެ.
އެ އޮފީހުން އާންކުުރި ޢިއުލާނެއްގައި ބުނެފައި ވަނީ އޮފީސް ހިނގަމުންދާ އިމާރާތުގެ ޙާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް މި ވަގުތު ނެތް ކަމަށެވެ. އެ އޮފީހުގެ ހާލަތު އަންގައިދޭ ފޮޓޯތަކެއް ވެސް އާންމު ކޮށްފައިވެ އެވެ.
އެހެން ކަމުން މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ އޮފީހުގެ މަަސައްކަތްތައް ހިނގަމުންދާނީ އޮންލައިން ކޮށް ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެ އޮފީހުގެ އެއްވެސް ކަމަކާ ގުޅޭ މައުލޫމާތެއް ސާފު ކުރަން ބޭނުންނަމަ 3010990 އާ ގުޅުމަށް އެދިފައިވެ އެވެ.
މައުލޫމާތު ހޯދުމާއި ލިބިގަަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ މިނިވަން މުސްތަޤިއްލު އިދާރާ އެކެވެ.