ENGLISH
21 ޖޫން 2026
ހުޅުމާލޭގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަޚަމުކޮށްލައިފި
21 ޖޫން 2026
|
ފުލުހުންގެ އިދާރާ --
އެންމެ މަޤްބޫލު
ހުޅުމާލޭގައި މާރާމާރީއެއް ހިންގާ ދެ މީހަކު ޒަޚަމުކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ފޭސް ދޭއް ފަރުކޮޅުފުށި ހިއްކި ބިމުގަ އެވެ.
މި މާރާމާރީގެ ރިޕޯޓް މިރޭ އިރުއޮއްސި 6:37 ހާއިރު ލިބިފައިވާއިރު މި މާރާމާރީގާއި ދެ މީހަކަށް އަނިޔާވި އެވެ. މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
މާރާމާރީގެ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ނުުކުރާ ކަމަށާ ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.