ENGLISH

21 ޖޫން 2026

Advertisement

މ. އަތޮޅުގެ 8 ރަށެއްގެ ޔޫޓިލިޓީ ހިދުމަތްތައް ސްޓެލްކޯއަށް

21 ޖޫން 2026

|

އައިމިނަތު ޝަފާ

މ.އަތޮޅުގެ އެއް ރަށް ފިޔަވައި އެހެން ރަށްރަށުގެ ޔުޓިލިޓީ ހިދުމަތްތައް ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛ ސްޓެލްކޯ.

ފެނަކައިން މ. އަތޮޅުގެ އަށް ރަށެއްގައި ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއާ ހަވާލުކޮށްފައިވަނީ މ. ދިއްގަރު، ކޮޅުފުށި، މަޑުއްވަރި، މުލި، ނާލާފުށި އަދި ރަތްމަންދޫގެ އިތުރުން އެ އަތޮޅު ވޭވަށުގައި ދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކެވެ. 

ފެނަކައިން މި އަށް ރަށަށް ދެމުންދާ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިންއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. 

ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންއައި މިރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ، ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ތަރައްގީކުރުމުގެ ނިޒާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިންކަމަށް ސްޓެލްކޯއިން ބުންޏެވެ. 

ފެނަކައިން ބ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ފޯރުކޮށްދެމުންދިޔަ ޔޫޓިލިޓީގެ އެންމެހާ ހިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމަށް ނިންމާ އެއްބަސްވުމެއްގައި ސޮއިކުރީ އޭޕްރީލް މަހުގެ 23 ވަަނަ ދުވަހުއެވެ. 

މި ބަދަލާ އެކު ސްޓެލްކޯއިން ހިދުމަތްދޭ ރަށްތަކުގެ އަދަދު ޖުމްލަ 61 ރަށަށް ފުޅާވެގެންދާނެ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު