ENGLISH

21 ޖޫން 2026

Advertisement

ވަށަފަރުގައި އައުޓްޑޯ ވޮލީކޯޓެއް އެޅުމަށް އެމްޓީސީސީން މަސައްކަތް ފަށައިފި

21 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

ވަށަފަރުގައި އައުޓްޑޯ ވޮލީކޯޓެއް އެޅުމުގެ މަސައްކަތުގެ ތެރެއިން- ފޮޓޯ: އެމްޓީސީސީ

ހއ.ވަށަފަރުގައި އައުޓްޑޯ ވޮލީކޯޓެއް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ބުނީ، ވަށަފަރުގައި އައުޓްޑޯ ވޮލީކޯޓެއް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ފުޓިންގ ގެ ކޮންކްރީޓް މަސައްކަތާއި ކޮލަމް މަސައްކަތް ކަމަށެވެ.

މި މަޝްރޫއަކީ، މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނެސް ރެކްރިއޭޝަން އިން އެމްޓީސީސީ އާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ކުޅިވަރުގެ ދާއިރާއަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެކެވެ.

އެހެންކަމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި ހިންގަވަމުންނެވެ.

ހއ. އަތޮޅުގައި ވެސް ގިނަ ރަށްރަތަކުގައި އައުޓްޑޯ ވޮލީކޯޓު އަޅައި މިހާރު އެރަށްރަށުގެ ރައްޔިތުން ދަނޑުތައް ބޭނުންކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު