ENGLISH
21 ޖޫން 2026
6000އަށްވުރެ ގިނަ ވޭޕް ކާޓްރިޖް އަތުލައިގަނެފި
21 ޖޫން 2026
|
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނިކޮށް އަތުލައިގަތް 6،328 ވޭޕް ކާޓްރިޖް -- ފޮޓޯ/ ކަސްޓަމްސް
އެންމެ މަޤްބޫލު
ކަނޑުމަގުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޗަނުގެ ތެރެއިން ބަލާފާސްކުރި އިރު އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށެވެ. މިގޮތުން ޖުމްލަ 6،328 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ފަހުން ވަގަށް މިބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް މީގެ ކުރިންވެސް އެކި ފަހަރުމަތިން ކަސްޓަމްސްއިން ވަނީ އެތަކެތި އަތުލައިގެންފައެވެ. އެގޮތުން ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ތާރީޚް ކަމަށްވާ 15 ނޮވެންބަރު 2024 ގެ ފަހުން، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓް އަތުލައިގެންފައިވާކަން ކަސްޓަމްސްއިން ހާމަކުރީ މި މަހުގެ 19 ދުވަހުއެވެ.
އެ އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 15،601 ވޭޕް ކާޓްރިޖް އަތުލައިގަތެވެ.
ކަސްޓަމްސްއިން އަންނަނީ މި މައްސަލަވެސް ތަހުގީގުކުރަމުންނެވެ.