ENGLISH
21 ޖޫން 2026
މިރޭގެ މާރާމާރީގައި އަނިޔާވި އެކަކު، މާރާމާރީ ހިންގުމުގެ ތުހުމަތަށް ހައްޔަރުކޮށްފި
21 ޖޫން 2026
|
ދިވެހި ފުލުހުންގެ ޚިދުމަތް --
އެންމެ މަޤްބޫލު
މިރޭގެ މާރާމާރީގައި އަނިޔާވި އެކަކު، މާރާމާރީ ހިންގުމުގެ ތުހުމަތަށް ހައްޔަރުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މާރާމާރީ ހިންގާފައިވަނީ ހުޅުމާލެ ފޭސް ދޭއް ފަރުކޮޅުފުށި ހިއްކި ބިމުގަ އެވެ.
މި މާރާމާރީގެ ރިޕޯޓް މިރޭ އިރުއޮއްސި 6:37 ހާއިރު ލިބިފައިވާއިރު މި މާރާމާރީގާއި ދެ މީހަކަށް އަނިޔާވި އެވެ. މާރާމާރީގައި އަނިޔާވީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށެވެ. އެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނީ އެ މީހުންގެ ހާލު ސީރިއަަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ދެންމެ ބުނީ މިރޭގެ މާރާމާރީގައި އަނިޔާވި އެކަކު، މާރާމާރީ ހިންގުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ފަރުވާއަށް ފަހު ދޫކޮށްލުމުންނެވެ.