ENGLISH

05 ޖުލައި 2025

Advertisement

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރަން ހޮވުނު ތިން ރަށުންވެސް ފުރިހަމަ އެއްބާރުލުން ލިބޭ: ބަހުގެ ވުޒާރާ

19 މޭ 2025

|

އިސްމާއީލް ރާތިއު

ޢީދަށް މަލޭ މަގުމަތި ދިއްލާފަ-- ފޮޓޯ: އެމްއެމްޓީވީ

މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަކުރަން ހޮވުނު ތިން ރަށުންވެސް އެކަމަށް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ބަހުގެ ވުޒާރާގެ އިވެންޓްސް ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރ، މުޙައްމަދު ޢައްބާސް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގަރާމުގައި ޢީދު ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޢައްބާސް ވިދާޅުވީ، ޢީދު ފާހަގަކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، ސަގާފީ ފޯރިގަދަ ޢީދަކަށް މި ޢީދު ހެދުމުގެ މަސައްކަތްތައް ވަރަށް ފުރިހަމަ އެއްބާރުލުމާއެކު ތިން ރަށުގައިވެސް ކުރިއަށްދާ ކަމަށެވެ.

ޢައްބާސް ވިދާޅުވީ ޒަމާން ބަދަލުވެ، ސަގާފީ ކުޅިވަރުތައް އޭގެ އަސްލު ސިފައިގަ ފެނުން މަދުވެފައިވާ ވުން ނިމުމަކަށް ގެނެސް، ސަގާފީ ކުޅިވަރުތައް އަލުން ދިރުވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ސްޓޭޖް ޝޯތަކުގައި މިއުޒިކު ކުޅުމުގެ ބަދަލުގައި ލަނގިރި އަދި ބަނޑިޔާ ޖެހުން ފަދަ ހަރަކާތްތަކަށް އިސްކަންދޭން ކައުންސިލްތަކާ މަޝްވަރާކޮށްފައި ވާނެ ކަމަށެވެ. އަދި ވަކި ވަކި ރަށްތަކަށް ޚާއްޞަ ސަގާފީ ކުޅިވަރުތަކުގެ ގޮތުގަ މަޝްހޫރު ވެފައިވާ ކުޅިވަރުތައް، އެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާކަން ވެސް ޢައްބާސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރަށް، މިހާރުވެސް ދިވެހިންގެ ތެރޭގައި ފޯރިއާއެކު ކުޅެވެމުންދާ ކުޅިވަރުތަކެއް ކަމަށްވާ ބައިބަލާ އަދި ފައިގަތަޅާ ފަދަ މައިދާނީ ކުޅިވަރުތަކެއް ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ރާވާ، ފަރިތަކުރުންތައް ވެސް ފަށާފައިވާ ކަމަށް ޢައްބާސް ވިދާޅުވިއެވެ. މީގެ އިތުރަށް، ޢީދަށް ރަށް ދިއްލާ ޒީނަތްތެރިކުރުމާއި، މެހެމާނުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން ގިޑިގެތައް ތައްޔާރުކުރުމާއި، ސަގާފީ ކެއުންތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ފޯރިއާއެކު ކުރިއަށްދާކަން ޢައްބާސް ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ތިން ރަށް ކަމަށްވާ ހއ ކެލާ, ކ. ގުރައިދޫ އަދި ލ. ގަމުގައި ކުރިއަށްދާ ޢީދު ކުޅިވަރުތައް ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޗެނަލްތަކުން ދުރަށް ދެއްކުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ޢައްބާސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު