ENGLISH
05 ޖުލައި 2025
ކުޑަފަރީގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ވިޔަފާރިކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް
19 މޭ 2025
|
"އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ" ތަމްރީން ޕްރޮގްރާމްގެ ތެރެއިން (ފޮޓޯ/ މިނިސްޓްރީ)
އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގްރާމެއް ނ. ކުޑަފަރީގައި ފަށައިފި އެވެ.
މި މަހުގެ 18 އިން 22 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ފިޝަރީޒް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ޖުމްލަ 15 މީހުން ބައިވެރިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެއީ 14 އަންހެނުންނާއި އެންމެ ފިރިހެނެކެވެ.
މިނިސްޓްރީން ބުނީ މި ތަމްރީނުގައި މަހުން ތައްޔާރުކުރާ އަގުއެއްކުރި ބާވަތްތަކާއި ގުޅޭ މަޢުލޫމާތުދީ އަދި އަމަލީގޮތުން އެތަކެތި ބައިވެރިން ތައްޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ. އަދި ވިޔަފާރީގެ އުސޫލޫން މިފަދަ މަސައްކަތެއްކުރުމަށް ބޭނުންވާ ބައެއް ހުނަރު ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް ގައި މަޢުލޫމާތު ދެއްވަނީ، މިނިސްޓްރީން ބުނިގޮތުގައި މިވުޒާރާގެ ފަންނީ ދެ މުވައްޒަފުންނެވެ.