ENGLISH
05 ޖުލައި 2025
މޫސުން ގޯސް: ރ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު
19 މޭ 2025
|
މާލޭ މަގެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެމްއެމްޓީވީ
މޫސުމާބެހޭ ޤައުމީ އިދާރާއިން، މިއަދުގެ 07:30-11:30 އާ ހަމައަށް، ރ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މި ވަގުތުތަކުގައި އެހިސާބުގަނޑަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ. އަދި މީގެ އުތުރުން އެ އިދާރާއިން ވަނީ 20 މެއި (މާދަމާ) ގެ ނިޔަލަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، މި ވިއްސާރައިގާ ޚާއްޞަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވުމާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.
އެހެންކަމުން ކަނޑުދަތުރު ކުރުމުގައި މޫސުމާބެހޭ އެންމެ ފަހުގެ އަދާހަމަ އަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.