ENGLISH
01 ޖޫން 2025
ބަންކަރިންގެ ކާމިޔާބީއަށް ވަޒީރުގެ މަރުޙަބާ: މިއީ ޞިނާއަތުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް
18 މޭ 2025
|
ބަންކަރިން ޚިދުމަތުން އެސްޓީއޯ އިން ހޯދަމުންދާ ކާމިޔާބީއަށް ވަޒީރު ވަނީ މަރުޙަބާ ވިދާޅުވެފައި
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފާއިތުވި ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ޚިދުމަތުން ހޯދަމުންދާ ކާމިޔާބަކީ މިޞިނާއަތުގެ މުސްތަޤްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިޤްތިސާދާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ބަންކަރިން ޚިދުމަތުން އެސްޓީއޯ އިން ހޯދަމުންދާ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގަ އެވެ.
ސެޕްޓެމްބަރު މަހު ފެށި ބަންކަރިން ޚިދުމަތުން މިހާތަނަށް 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
ޝިމާދުގެ އެ ވާހަކަތައް ހިއްސާކޮށް އެމްއެމްޓީވީން ގެނެސްދިން ޚަބަރެއް ރި-ޕޯސްޓް ކުރައްވާ ވަޒީރު ވިދާޅުވީ ސަރުކާރުން މި މުޙިއްމު ޞިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ބާރުސްޕީޑްގައި ކުރަމުން ކަމަށެވެ.
އަދި އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއި އެކު މުޙިއްމު މަޝްވަރާތައް ވެސް ދަނީ ކުރެވެމުން ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އިޤްތިޞާދު ޑައިވާސިފައިކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެއްމެ މުޙިއްމު އެއް މަސައްކަތެކެވެ.
މުޅީން އަލަށް މީގެކުޑަދުވަސްކޮޅެއް ކުރީން އެސްޓޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ ބަންކަރިން ޞިނާއަތުގެ މުސްތަޤްބަލަށް ކުރެވޭ ވަރައްބޮޑު އުއްމީދެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަަކަދައްކަވަމުން ޝިމާދު ވިދާޅުވީ ބަންކަރިންގެ ޚިދުމަތުން 124 މިލިއަން ރުފިޔާ މިހާތަނަށް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ. އެ ފައިސާ ލިބުނީ 11،500 މެޓްރިކް ޓަނުގެ ތެޔޮ ވިއްކައިގެން ކަމަށް ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، ވާދަވެރި އެހެން ޤައުމުތަކާ އެއް ފެންވަރަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް އަދިވެސް ގިނަ ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އެހެން ފަރާތްތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިމާދުގެ ވާހަކައިގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ދީފައިވާކަން ފާހަގަކުރެއްވިއެވެ. މި ޝިޕިންގ ލައިނާއަށް އެސްޓީއޯއިން ވަނީ 1،200 ޓަނުގެ ތެޔޮ ފޯރުކޮށްދީފައެވެ.
އެސްޓީއޯއިން ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ.