ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

މި އަހަރު ކިއުގައި ތިބި އެންމެނަށް ހައްޖު ޖާގަ ދީފި

18 މޭ 2025

|

އަޙުމަދު ޙަމީދު

ދިވެހި ހައްޖުވެރީންގެ ބަޔަކު އެއާޕޯޓް ގައި ނަމާދު ކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ޖާގަ ދީފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނެފި އެވެ.

މި އަހަަރު ޙައްޖަށް ދިއުމަށް ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ޖެހިފައި ތިބި އެންމެނަށް ޙައްޖަށް ދެވޭނެ ކަމުގެ އުފާވެރި ޚަބަރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި ގޮތައް މި އަހަރަށް ކިއުގައި ތިބި އެންމެނަށް ހައްޖަށް ދިއުމަށް ޖާގަ ދީފައިވާ ކަމަށެވެ. އަދި މިއަހަރުގެ ކޯޓާގެ ތަފްޞީލު މި މަހުގެ 26 ވަނަ ދުވަހު އިޢުލާނު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުން ކުރާ ގޮތުގެ ތަފްޞީލް މިނިސްޓްރީން ދަނީ ހާމަކުރަމުންނެވެ.

މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއުގައި ޖެހިފައިވާ އެންމެނަށް ޖާގަ ދީފައިވާއިރު މިއީ ޒަމާންތަަކަކަށް ފަހު އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކިއުގައި ޖެހިފައި ތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރެވެ.

ސަރުކާރުން ދަނީ ޙައްޖުގެ އިންތިޒާމުތައް ފުރިހަމަކޮށް ވީހާވެސް ހެޔޮ އަގެއްގައި ދިވެހީންނަށް ޙައްޖަށް ދެވޭނެ މަގު ފަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ކޯޓާ ދޫކުރުން ހުއްޓައިލާ ހައްޖަށް މީހުން ގެންދާ ހަމަައެކަނި ކުންފުނީގެ ގޮތުގައި ހައްޖު ކޯޕަރޭޝަން ހަމަޖެއްސީ ވެސް އެ މަޤްސަދުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު