ENGLISH
05 ޖުލައި 2025
ކެޕްލަރ އިން އިތުރު ފީޗާތަކާއެކު މޯބައިލް އެޕް ތައާރަފްކޮށްފި
18 މޭ 2025
|
އެޗްއާރް ސޮފްޓްވެއާ، ކެޕްލަރ އިން އިތުރު ފީޗާސްތަކަކާއެކު އާ މޯބައިލް އެޕެއް ތާރަފްކޮށްފިއެވެ.
ޓެރަބައިޓް ޕްރައިވެޓް ލިމިޓެޑުގެ އާރް އެންޑް ޑީ އިންޖިނިއަރ، މުހައްމަދު ޒިޔާދު، އެމްއެމްޓީވިއަށް މައުލޫމާތު ދެއްވި ގޮތުގައި، ކެޕްލަރގެ ގިނަ ކްލައެންޓުންގެ ފީޑްބެކްއާ އެއްގޮތަށް، އިތުރު ފީޗާސްތައް އެޑްކޮށް ބޭނުންކުރަން ފަސޭހަވާނެ ގޮތަކަށް އެޕަށް ބަދަލުގެނައީ ކަމަށެވެ.
ބަދަލުތަކުގެ ތެރޭގައި:
މީގެއިތުރުން ކެޕްލަރގެ ތެރެޔަށް އާޓިފިޝަލް އިންޓެލިޖެންސް އިންކޯޕަރޭޓް ކުރިކަމަށްވެސް ފާހަގަކުރެއްވިއެވެ. އެގޮތުން، ކްލޯޓޯ ކިޔާ އޭއައި އެއް ބޭނުންކޮށްގެން އިތުރު ލުއިތަކެއް ލިބޭނެ ކަމަށް ފާހަކުރެއްވިއެވެ.
އޭގެތެރޭގައި:
ދެހާސް ދިހަވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ޓެރަބައިޓް ކުންފުނިން މޯބައިލް އެޕެއް ގޮތުގައި ކެޕްލަރ ތައާރަފް ކުރީ 2016 ވަނަ އަހަރެވެ.
ކެޕްލަރ އަކީ ގިނަ ކުންފުނިތަކުން އެޗްއާރް ކަންކަން ބެލެހެއްޓުމަށް ބޭނުން ކުރާ ސޮފްޓްވެއާއެކެވެ.