ENGLISH
05 ޖުލައި 2025
"ވަގުތު" ނޫހުގެ 11 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
18 މޭ 2025
|
މި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
އޮންލައިން ނޫސް "ވަގުތު" ގެ 11 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި ރައީސް މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ "ވަގުތު" ނޫހުން ވޭތުވެދިޔަ 11 އަހަރު ތާޒާކަމާއި އަވަސްކަމާއެކު، ތެދު މަޢުލޫމާތު ފެތުރުމަށް ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި، ދުވަހުގެ މުނާސަބަތުގައި ވަގުތު ނޫހުގެ އެންމެހާ ވެރީންނާއި މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ދެންނެވިއެވެ.
މީގެ 11 އަހަރު ކުރިން ވަގުތު އޮންލައިން ވުޖޫދުވީ 2014 ވަނަ އަހަރުގެ މެއި 18 ވަނަ ދުވަހު އެވެ. އޭގެފަހުން އެ ނޫހުން ވަނީ މެދުކެނޑުމެއް ނެތި މިދިޔަ އަހަރުތަކުގައި ނޫސްވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ވަގުތު ނޫހަށް ރައީސް ތަހުނިޔާ ދެންނެވިއިރު، ނޫސްވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދައުލަތުން މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު މަސައްކަތަކީ މީޑިއާ ވިލެޖް ގާއިމުކުރުމުގެ މަސައްކަތެވެ.
މީޑިއާ ވިލެޖްގެ މަސައްކަތް ނިންމައި، ދައުލަތުގެ ބަޖެޓުން ނޫސްތަކަށް ވަކި އިންސައްތައެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ދަށުން ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.