ENGLISH

05 ޖުލައި 2025

Advertisement

ހަނިމާދޫގައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިތައް ނައްތާލައިފި

18 މޭ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ހދ. ހަނިމާދޫ އެއާޕޯޓުން ފަތުރުވެރިންގެ އަތުން އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ފުޅި އާއި ދަޅު ނަތައްލާއިފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި ނައްތާލާފައިވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލެވެ.

އެ ތަކެތި ނައްތާލީ މި މަހުގެ 15 ވަނަ ދުވަހު ކަމަށާއި ނައްތާލާފައި ވަނީ 215 ފުޅި ބަނގުރަލާއި 4 ދަޅު ބަނގުރާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ކިޔުންތެރިންގެ ހިޔާލު