ENGLISH
18 މޭ 2025
އެސްޓީއޯގެ އަހަރީ ޖަލްސާ: ހިއްސާގެ ފައިދާގެ ގޮތުގައި 80 ރުފިޔާ ބަހަން ނިންމައިފި
18 މޭ 2025
|
މިރޭ އޮތް އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- ފޮޓޯ: އެސްޓީއޯ
ސަރުކާރާއި ރައްޔިތުން ހިއްސާވާ، ސްޓޭޓް ޓްރޭޑިނއ އޮގަނައިޒޭޝަން (އެސްޓީއޯ) ހިއްސާއަކަށް 80 ރުފިޔާ ބެހުމަށް ނިންމައިފި އެވެ.
އެ ނިންމުން ނިންމީ މިރޭ އޮތް އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ޖަލްސާގަ އެވެ.
ހެންވޭރުކޮޅުގައި ތަރައްޤީ ކޮށްފައިވާ ބާސެލޯ ނަސަންދުރާ ގައި އޮތް އެސްޓީއޯގެ 2024 ވަނަ އަހަރީ ޖަލްސާގައި އާއްމު ހިއްސާދާރުންގެ ވޯޓުން ނިންމީ އެ ކުންފުނީގެ ވިޔަފާރީގެ ފައިދާއިން ހިއްސާ އަކަށް 80 ރުފިޔާ ބެހުމަށެވެ.
އޭގެ ކުރީން އޮތް 2023 ވަނަ އަހަރީ ޖަލްސާގައި ވެސް ނިންމީ ހިއްސާއަކަށް 80 ރުފިޔާ ބެހުމަށެވެ. މިއީ ރެކޯޑް އަދަދެކެވެ.
މި ދެ އަހަރު ހިއްސާ އަަކަށް ބަހަން ނިންމި އަދަދަކީ އޭގެ ކުރީ 17 އަހަރުގެ ތެރޭގައި ހިއްސާއަކަށް ނުބަހާ މިންވަރެކެވެ.
މިރޭ އޮތް އަހަރީ ބައްދަލްވުމުގައި ހާމަކުރި ގޮތުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 15.4 ބިލިޔަން ރުފިޔާ ވަނީ ލިބިފަ އެވެ.
އޭގެ ތެރޭގައި ވިޔަފާރި ހިންގައިގެން ލިބުނު ފައިދާ ވަނީ 1 ބިލިއަން ރުފިޔާ ވުރެ އިތުރުވެފަ އެވެ. މިދިޔަ އަހަރު އެސްޓީއޯގެ ސާފު ފައިދާ އަކީ 741 މިލިއަން ރުފިޔާ އެވެ.
މިރޭގެ ޖަލްސާގައި ވަނީ އެސްޓީއޯގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާނޭ ޑިރެކްޓަރަކަށް ހޮވިފައިވަނީ މުހައްމަދު އަހުސަން ސަލީމް ވެސް ހޮވާފަ އެވެ.