ENGLISH

18 މޭ 2025

Advertisement

ޔޫތު މިނިސްޓްރީގެ “އޯޕަން ޑޭ 2025" އަށް ބޮޑު ތަރުހީބެއް!

17 މޭ 2025

|

އަޙުމަދު ޙަމީދު

ޔޫތު މިނިސްޓްރީގެ އޯޕަންޑޭ

ޔޫތު މިނިސްޓްރީގެ "އޯޕަން ޑޭ 2025" އަށް ބޮޑު ތަރުޙީބެެއް ލިބި އެ ހަރަކާތް ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ހުރިހާ އުމުރުފުރާއަކަށް ވެސް ޚާއްސަކޮށް ބޭއްވި މި ހަރަކާތަށް ގިނަ ބަޔަކު ވަނީ ޒިޔާރަތް ކޮށްފަ އެވެ. އޯޕަންޑޭ އޮތީ ސޯޝަލް ސެންޓަރުގައި އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ. 

މިނިސްޓްރީގެ އެކި އެކި ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ޒުވާނުންނަށް ލިބޭ ޚިދުމަތްތަކުގެ މަޢުލޫމާތު މި އިވެންޓުގައި ވަނީ ފޯރުކޮށްދީފައެވެ. އަދި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތައް މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން ވެސް ވަނީ ފޯރުކޮށްދީފައެވެ.

މި އިވެންޓުގައި ހަވީރު ކުޑަކުދިންނަށް ޚާއްސަކޮށް އެކި ހަރަކާތްތައް ބާއްވާފައިވާއިރު ރޭގަނޑު ލައިވް ޕަރފޯމަންސްތައް ވެސް ވަނީ ކުރިއަށްގެންފައެވެ.

މި އިވެންޓުގައި ބައިވެރިވި މީހުންގެ މެދުގައި ނެގި ލަކީޑްރޯގައި ގުރުއަތުން ހޮވުނު ތިން މީހަކަށް ވަނީ ފައިސާގެ އިނާމާއި ގިފްޓްޕެކް ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު