ENGLISH

18 މޭ 2025

Advertisement

މައްކާ ރޫޓް އިނީޝިއޭޓިވް: ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފަށައިފި

17 މޭ 2025

|

އަޙުމަދު ޙަމީދު

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފެށުން

މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފަށައިފި އެވެ.

ދިވެހިރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ. މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތަކުގެ ބޭފުޅުން ހިމެނެ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރެއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާއިރު ސައުދީގެ ވަފުދުން މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ފުރިހަމަ ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފަށާފައި ކަމަށެވެ.

އެ މަސައްކަތް ވީއައިއޭގައި ކުރިއަށްދާ ގޮތް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ބައްލަވާލައްވާފަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހުއެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްގެ މަސައްކަތްތަކަށް ސަޢުދީ ޢަރަބިއްޔާއިން 26 ބޭފުޅުންގެ ވަފުދެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތްޕުޅެކެވެ. 

މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމެވިކަމީ، ސަޢުދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ރަމްޒުކޮށްދޭކަމެކެވެ. މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވި ބޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު