ENGLISH

05 ޖުލައި 2025

Advertisement

ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމާ ގުޅޭ ގޮތުން ޢާއްމުންގެ ޚިޔާލަށް ހުޅުވާލައިފި

17 މޭ 2025

|

އުމްނާ އިސްމާޢީލް

ބޮޑު ތަކުރުފާނު މަގު

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ހަތަރު ލޭނަށް ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުއަށް އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ކުރި ޕޯސްޓުގައި ވަނީ، ބޮޑުތަކުރުފާނު މަގުގެ އުތުރު ބައި ތަރައްގީކުރުމާ ގުޅޭ ގޮތުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ދިރާސާގެ ބޭނުމަށް، އާއްމުންގެ ޚިޔާލު އެއްކުރުމަށް ސާވޭއެއްގައި ބައިވެރިވުމަށް ހުޅުވާލާފަ އެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ މަގު ބޭނުންކުރަމުންދާ ގޮތާއި ބޭނުންކުރާ ވަރު، ދެނެގަނެ މަޝްރޫއުގެ ކަންކަން ރާވާ، ބައްޓަން ކުރުމަށް އެ މައުލޫމާތު ބޭނުން ކުރެވޭނެ ކަމަށެވެ.

މާލެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް 9 ގަ އެވެ. އެ ކުންފުންޏާއި އެ މަޝްރޫއު ހަވާލުކުރީ، 455 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 144.5 މިލިޔަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން، ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރު ސަރަހައްދެއްގައި ތާރުއަޅާނެ އެވެ. ދުވާރާއި، ފެން ހިންދާ ނިޒާމު ވެސް މި މަޝްރޫއުގެ ދަށުން ގާއިމުކުރާނެ އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުންދާއިރު މާލޭގެ އެހެން މަގުތަކާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު