ENGLISH

18 މޭ 2025

Advertisement

ބޮޑު ޢީދަށް އިތުރު ލައިޓެއް ނުގެންނަން، އެކަމަކު ޑިމާންޑު ބޮޑު: އާދަމް ޝަރީފް

17 މޭ 2025

|

އުމްނާ އިސްމާޢީލް

އީދު އަލިން ހުޅުމާލެ ސެންޓްރަލް ޕާކު ދިއްލާލާފައި (ފޮޓޯ/ މިނިސްޓްރީ)

ކުރިއަށް އޮތް އަޟްހާ ޢީދަށް ރަށްތައް ދިއްލާލުމަށްޓަކައި ހަރުކުރާ ލައިޓުތަކުގެ ޑިމާންޑު މިފަހަރުވެސް ވަރަށް ބޮޑު ކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް އާދަމް ޝަރީފް އުމަރު ވިދާާޅުވެއްޖެ އެވެ.

ޢީދާ ދިމާކޮށް ރަށެއް ދިއްލާމަށްޓަކައި ތިން ލައިޓު ސެޓެއް ލިބިދާނެތޯ މިނިސްޓަރަށް ފޮނުވާފައިވާ މެސެޖެއްގެ ސްކްރީން ޝޮޓް 'އެކްސް' ގައި ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބޮޑު ޢީދަށް، ޢީދު ލައިޓް ހޯދަން ވަރަށް ގިނަ ކައުންސިލްތަކުން އެދެމުންދާ ކަމަށެވެ.

"ޢީދު ލައިޓުގެ ޑިމާންޑު ވަރަށް ހައި،" މިނިސްޓަރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިދިޔަ އަހަރެކޭ އެއްފަދައިން މިފަހަރުވެސް ބޮޑު ޢީދަށް އިތުރު ޢީދު ލައިޓު ނުހޯދާ ކަމަށް ވިދާޅުވި އެވެ. މިދިޔަ އަހަރުވެސް ލައިޓުތައް ހޯދީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުވެސް ޢީދު ލައިޓު ހޯދީ އެއްފަހަރެވެ.

މިދިޔަ ފިތުރު ޢީދުގައި ރާއްޖޭގެ 64 ރަށެއްގައި ޢީދު ލައިޓު ހަރުކޮށް، ދިއްލާލި އެވެ. 

ޢީދާ ދިމާކޮށް މަގުތަކުގައި ލައިޓު ހަރުކޮށް، "ޢީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނަވި ދުސްވަރުގައެވެ. އެކަމަށް ލިބުނު ތަރުހީބާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ވަނީ އެ ހަރަކާތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ނިންމަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު